މަތިއުތުރު ޕްރޮވިންސްގެ އެޑިއުކޭޝަންޔުނިޓްގެފަރާތުން އިންތިޒާމުކޮށްގެން މަތިއުތުރު ޕްރޮވިންސްގެ ސުކޫލުތަކުގެވެރިންނަށާއި ޕީ.ޑީ ކޯރޑިނޭޓަރުންނަށް އަމާޒުކޮށްގެން 17 ސެޕްޓެމްބަރ 2011 އިން 22ސެޕްޓެމްބަރ 2011 ގެ ނިޔަލަށް ބޭއްވި ކެޕޭސިޓީ ބިލްޑިންގ ވާރކްޝޮޕްގައިސީ.އެފް.ބީ.އެސް އާއި ބެހޭ ވަރަށް ކާމިޔާބު ސެޝަންތަކެއް ހދ. ކުޅުދުއްފުށީއަފީފުއްދީން ސުކޫލުގައި ބޭއްވިއްޖެއެވެ. މި ސެޝަންތަކުގައި މަތިއުތުރުޕްރޮވިންސްގެ ހުރިހާ ސުކޫލަކުން 86 ބައިވެރިން ހަރަކާތްތެރިކަމާއިއެކުގައި ބައިވެރިވިއެވެ.މި ސެޝަންތައް ނަންގަވައިދެއްވީ އިހައްދޫ ސުކޫލްގެ ޕްރިންސިޕަލް އަޙުމަދުޒާހިރުއެވެ.
ސީ.އެފް.ބީ.އެސް އާއި ބެހޭގޮތުން ދެ ދުވަހުގެމުއްދަތަށް ހިންގުނު ސެޝަންތަކުގައި މައިގަނޑުގޮތެއްގައި ކުރިޔަށް ގެންދެވުނީސީ.އެފް.ބީ.އެސް ބޭނުންކޮށްގެން ސުކޫލް ސެލްފް އިވެލުއޭޝަންއަށް ވަނުމަށްޓަކައިކޮންމެހެން ބޭނުންވާ ބައިތަކެވެ. އެގޮތުން ޕްރެޒެންޓޭޝަނެއްގެ އެހީގައިސީ.އެފް.ބީ.އެސް އާއި ސީ.އެފް.ބީ.އެސް ގެ ޑައިމެންޝަންތަކާއި ސްޓޭންޑަރޑްތަކާއިކޮލިޓީ އިންޑިކޭޓަރސްތަކާއި ރޭޓް ކުރުމާއިބެހޭ ތަފުޞީލު ދެވުނެވެ. އަދިސީ.އެފް.އެސް އާއި ސީ.އެފް.ބީ.އެސް ގެ ތަފާތު އޮޅުންފިލުވައިދެވުނެވެ. މީގެއިތުރުން ސީ.އެފް.ބީ.އެސް އަކީ ސުކޫލުތަކުގެ ވެރިންނަށް އޮތް ބިރެއް ނޫންކަމާއިއޭގެބަދަލުގައި ރަނގަޅު އެހީތެރިއެއްކަމާއި، 5 މާއްދާ ނުވަތަ އެއަށް ވުރެ ގިނަމާއްދާއިން ފާސްވާ ދަރިވަރުންގެ ނިސްބަތް 65 އިންސައްތައަށް ނެގުމަށްޓަކައިސީ.އެފް.ބީ.އެސްގެ އެހީތެރިކަން ހޯދާނީ ކިހިނެތްކަމާއި، ސީ.އެފް.ބީ.އެސް ގެއެހީގައި ސުކޫލް ސެލްފް އިވެލުއޭޝަން ކުރިޔަށްގެންދިއުމުގެ މަރުޙަލާތަކާއި، ސުކޫލްސެލްފް އިވެލުއޭޝަން އަމަލީގޮތުން ކުރިޔަށް ގެންދާނެގޮތާއި، ސުކޫލް ޑިވެލޮޕްމެންޓްޕްލޭން ތައްޔާރުކުރާނެގޮތާއިބެހޭގޮތުން ވަރަށް ތަފުޞީލުކޮށް މައުލޫމާތުދެވުނެވެ.
ސީ.އެފް.ބީ.އެސް ގެ އެހީގައި ސުކޫލް ސެލްފްއިވެލުއޭޝަން ކުރިޔަށް ގެންދިއުމުގެ ބޭނުންތެރިކަމާއިބެހޭގޮތުން ބައިވެރިންދެބަޔަކަށް ބަހާލައިގެން ބޭއްވި ބަހުސްގައި ސީ.އެފް.ބީ.އެސް މިހާރުން މިހާރަށްވެސްތަންފީޒުކުރަންޖެހިފައިވާ ކަމަށް ނުހަނު ގިނަ ހުއްޖަތާއިއެކުގައި މައުލޫއާއިއެއްކޮޅު ޓީމުން ވަކާލާތުކުރެއްވިއިރު، ސީ.އެފް.ބީ.އެސް ތަންފީޒުކުރުމުގައި ހުރިގޮންޖެހުންތަކަކީ ކޮބައިކަން މައުލޫއާއި ދެކޮޅު ޓީމުގެ ވާހަކަތަކުން ނިކަންރަނގަޅަށް އޮޅުންފިލިއެވެ. މިބަހުސް ބޮޑުތަފާތަކުން ކާމިޔާބުކުރީ ސީ.އެފް.ބީ.އެސްއާއި އެއްކޮޅަށް ވަކާލާތުކުރެއްވި ޓީމުންނެވެ. ޖަލާލުއްދީން ސުކޫލުގެ ޕްރިންސިޕަލްސައީދު އަހުމަދުގެ އިސްފަނޑިޔާރުކަމުގެ ދަށުގައި ފަނޑިޔާރުންގެ ގޮތުގައިހަރަކާތްތެރިވެލެއްވީ ވާރކްޝޮޕްގެ އިތުރު ހަތަރު ބައިވެރިންނެވެ.
ސީ.އެފް.ބީ.އެސް ގެ އެހީގައި ސުކޫލް ސެލްފްއިވެލުއޭޝަން ކުރިޔަށްގެންދާނެގޮތުގެ އަމަލީ ތަޖުރިބާ ހޯއްދެވުމަށް ވާރކްޝޮޕްގެބައިވެރިން އެކިއެކި ޑައިމެންޝަންތަކުގެ މައްޗަށް އެކުލެވިގެންވާ ގުރޫޕްތަކެއްގެގޮތުގައި ވެންނެވީ އަފީފުއްދީނު ސުކޫލަށެވެ. މި މަސައްކަތުގައި ބައިވެރިންވަނީސީ.އެފް.ބީ.އެސް ގެ ވަކިވަކި ޑައިމެންޝަންތަކުގެ ވަކިވަކި ސްޓޭންޑަރޑްތަކަށްރިޢާޔަތްކޮށް ބަލާއިރު އަފީފުއްދީނު ސުކޫލު ހުރި ހިސާބު ދެނެގަނެ، މިހާރުގެހާލަތުން ކުރިޔަށްއޮތް ހާލަތަށް އެ ސުކޫލު އުފުލުމަށްޓަކައި ކަންކުރަންވީގޮތުގެއެކްޝަން ޕްލޭންތަކެއް އެކުލަވާލާ، އެ އެކްޝަން ޕްލޭންތަކާއި އެކުގައި އެއްވެއަފީފުއްދީނު ސުކޫލުގެ މެނޭޖްމެންޓަށާއި ވާރކްޝޮޕްގެ ބައިވެރިންނަށް މައުލޫމާތުދީފައެވެ.
ސީ.އެފް.ބީ.އެސް އާއި ސެޝަންތައް ނިންމުމުގެގޮތުންބައްދަލުވުމުގެ ބައިވެރިން ދެއްކެވި ވާހަކަތަކުގައި، ސީ.އެފް.ބީ.އެސް އަކީ ސުކޫލުހިންގުމުގެ ނިޒާމެއްގެ ގޮތުގައި އެބޭފުޅުން މިހާރު ބަލައިގަންނަ ކަމަށާއި، އެނބުރިރަށަށް ދުރުވުމަށްފަހު މިކަމާއިބެހޭގޮތުން ސްޓޭކްހޯލްޑަރުންނަށް އިތުރަށްމައުލޫމާތުދިނުމާއި ސީ.އެފް.ބީ.އެސް އަމަލީގޮތުން ތަންފީޒުކުރުމަށް އެބޭފުޅުންހިތުންރުހުމުން މިހާރު ތައްޔާރުވެފައިވާކަން ހާމަކުރެއްވިއެވެ. އަދި މަތިއުތުރުޕްރޮވިންސްގެ ހުރިހާ ސުކޫލުތަކުގެ ވެރިންނާއި ޕީ.ޑީ ކޯރޑިނޭޓަރުން ހިމެނޭގޮތުންޖުމްލަ 86 ބައިވެރިންނަށް ސީ.އެފް.ބީ.އެސް އާއި ބެހޭ ސެޝަންތައް ނަންގަވައިދެއްވާއެބޭފުޅުން އެމަގުން ހިނގުމަށް ޝައުގުވެރިކަން އުފެއްދައިދެއްވީތީ އިހައްދޫސުކޫލުގެ ޕްރިންސިޕަލް އަޙުމަދު ޒާހިރަށް ނުހަނު އިޚުލާސްތެރިކަމާއިއެކުގައިޝުކުރުއަދާކުރައްވާކަން ހާމަކުރެއްވިއެވެ.
ކޮމެންޓްސް:
Post a Comment